Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

ގައުމީ ޤުރުއާން މުބާރާތަށް ހާއްސަ ކޮމިޓީއެއް

ގައުމީ ޤުރުއާން މުބާރާތަށް ހާއްސަ ކޮމިޓީއެއް ނަގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ކޮމިޓީއެއް އެކަލަވާމުގެ ބޭނުމަކީ މުބާރާތަށް ދޭންވާ ހައްގު މަގާމާއި ދަރަޖަ ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ. އަދި 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން ގައުމީ ޤުރުއާން މުބާރާތަކީ ދީނީ ގޮތުން ބޭއްވޭ ވަރަށް ބޮޑު ހަރަކާތަކަށްވާތީ އެއަށް ވަރަށް އިސްކަމެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 36 ވަނަ ގައުމީ ޤުރުއާން މުބާރާތް އަންނަ އަހަރުހެ ފެބްރުއަރީ 23 ގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާޗް 2 އާ ހަމައަށް ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރި އެވެ.