Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އައްޑޫގައި މާރާމާރީ ހިންގި މީހުން ބަންދަށް

އައްޑޫ ހިތަދޫގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ހައްޔަރުކުރި 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލި 30 އަހަރުގެ މީހާ އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން އަންނަ އިރު އޭނަގެ ހާލު ސީރިއަސް އެވެ.

އިއްޔެ ވެސް ހިތަދޫ ގެއަކަށް ވަދެ، ތޫނު އެއްޗަކުން 20 އަހަރުގެ މީހަކަށް ހަމަލާ ދީފައިވެ އެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.