Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

"ފައިޓާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ސިދާތާ އެކީ ރިތިކް.

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގައި ރިތިކް ރޯޝަން ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ކާސްޓްގައި ދީޕިކާ ޕަދްކޯން އާއި އަނިލް ކަޕޫރް ވެސް ހިމެނޭ މި ފިލްމުގައި އެ މީހުން ފެންނާނީ އަސްކަރީ ޕައިލެޓުންގެ ރޯލުންނެވެ. "ފައިޓާ" ގެ ޕޯސްޓަރުގައި ބުނެފައި ވަނީ ރިތިކްގެ ކެރެކްޓާގެ ނަމަކީ ޕެޓީ ކަމަށެވެ. މި ރޯލު ކުޅެން އޭނަ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ވެސް ގެނެސްފައިވެ އެވެ.

އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލާ "ފައިޓާ" ގެ ކާސްޓްގައި ކަރަން ސިންގް ގްރޯވާ އާއި ސަންޖީދާ ޝެއިހްގެ އިތުރުން އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރި މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ އެއްޗެކެވެ. ގިނަ ބަޔަކު "ފައިޓާ" އަށް އެންމެ ބޮޑަށް އިންތިޒާރުކުރާ ސަބަބަކީ މިއީ ރިތިކާއި ދީޕިކާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށްވުމެވެ.

ސިދާތަކީ މި އަހަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޝާހްރުކާއި ދީޕިކާގެ "ޕަތާން" ގެ ޑައިރެކްޓަރެވެ. އެ ފިލްމަށް ފަހު، "ފައިޓާ" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ޓީޒާ ޓްރެއިލާ މި މަހުގެ 7 ގައި އާންމުކުރާނެ އެވެ.