Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އައްޑޫ ގޯތި ލިސްޓްގެ ޝަކުވާގެ ސުންގަޑި އިތުރުކޮށްފި

މަރަދޫފޭދު އާއި ފޭދޫ ގުޅޭ ހިސާބު. ފޮޓޯ/ އަލީ ނާސިރު

އައްޑޫގެ އަވަށްތަކުން ދޫކުރަން ނިންމި ގޯތި ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ކައުންސިލުން މިއަދު އިތުރުކޮށްފި އެވެ.

ކުރިން ދިން މުއްދަތު ހަމަވީ މިއަދަށެވެ. މިހާރު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ މިހާރު މި މަހުގެ 10 އެވެ. ކައުންސިލުން ބުނީ މުއްދަތު އިތުރުކުރީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސަތު މިއަދަށް ހަމަވީ އިރު ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބެމުން ދިއުމާއި މުއްދަތު މާ ކުރު ކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

އައްޑޫން ދޫކުރަން ނިންމީ 1،000 ގޯއްޗެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދުން 300 ގޯއްޗާއި މީދޫން 100 އަދި ހުޅުދޫން 100 ގޯއްޗެވެ.

މި ގޯތިތަކަށް ކުރިމަތިލީ މީހުންގެ ޕޮއިންޓް ލިސްޓް ކައުންސިލުން އާންމުކުރީ މިދިޔަ މަހުގެ 30 ގަ އެވެ.