Last Updated: June 19, 18:02
Friday, June 19, 2026
ޚަބަރު

އެސްޓީއޯގެ ޗެއާމަނަކަށް އާމިރު މަންސޫރް

އެސްޓީއޯގެ ޗެއާމަނަކަށް އާމިރު މަންސޫރު އައްޔަންކޮށްފި އެވެ.

ރާއްޖޭގައި "މޭރީ ބްރައުން" ގެ ވިޔަފާރި ވެސް ހިންގަމުން އަންނަ އާމިރު މަންސޫރަކީ ކުރިން ގައުމީ ފެންވަރުގައި ޓެނިސް ކުޅުއްވި އެ ކުޅިވަރުގެ ރާއްޖޭގެ މަޝްހޫރު ޝަހުސިއްޔަތަކެވެ.

އެސްޓީއޯގެ ޗެއާމަނަކަށް އޭނަ އައްޔަންކުރި އިރު، ކުންފުނީގެ ބޯޑަށް އާ ޑިރެކްޓަރެއްގެ ގޮތުގައި މުހައްމަދު މުރާދު ވެސް ޢައްޔަންކޮށްފައިވެ އެވެ. އޭނަ އަކީ މިހާތަނަށް އެސްޓީއޯގެ އެކި ޑިޕާޓްމަންޓްތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެސްޓީއޯގެ އާ މެނޭޖިން ޑިރެކްޓަރަކީ ޝިމާދު އިބްރާހީމެވެ.