Last Updated: June 14, 13:54
Sunday, June 14, 2026
ޚަބަރު

އައްޑު އާއި ފުވައްމުލައް ނޫން ހުރިހާ ހިސާބަކަށް އެލާޓް

އައްޑު އާއި ފުވައްމުލައް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ހިސާބަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30. އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން އިލްތިމާސްކޮށްފައިވެ އެވެ.