Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ކާންޓާ ލަގާ" އަލަށް ސިލްސިލާއެއް ކުޅެނީ

މީގެ 21 އަހަރު ކުރިން އާންމުންގެ ތެެރޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި އިންޑިއާގެ ވީޑިއޯ ލަވަ "ކާންޓާ ލަގާ" އިިން އާންމުންގެ ސަމާލުކަން ހޯދި ބަތަލާ ޝެފާލީ ޖަރީވާލާ އަލަށް ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު އުމުރުން 41 އަހަރުގެ ބަތަލާގެ ފުރަތަމަ ސިލްސިލާ އަކީ ސްޓާ ބާރަތު އިން ގެނެސްދޭން ހަމަޖެހިފައިވާ "ޝައިތާނީ ރަސްމޭ" އެވެ.

މިއާ ބެހޭ ގޮތުން ޝެފާލީ ބުނީ އަލަށް ޓީވީ ސިލްސިލާއަކަށް އެއްބަސްވީ ޓީވީ އަކީ ކުރިން އޭނަ ދެކެމުން އައި ގޮތާ ހިލާފަށް މިހާރު ފަންނާނުންނަށް މިހާރު ބޮޑު ކުރިއެރުމެއް ގެނެސްދޭ ޕްލެޓްފޯމެއް ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި "ޝައިތާނީ ރަސްމޭ" އަކީ ވަރަށް ވެސް ޝައުގުވެރި ވާހަކައަކަށްވެފައި، ކުޅެން ލިބުނު ރޯލާ މެދު ހިތްހަމަޖެހުނުލެއް ބޮޑުކަމުން އެއްބަސްވީ ކަމަށް ބުންޏެވެ.

"ކުރިން ވެސް އަހަންނަަށް ޓީވީ ސިލްސިލާތަކުން ފުރުސަތުތަކެއް ލިބުނު. އެކަމަކު އޭރު ގަބޫލެއް ނުކުރަން ޓީވީ އަކީ މާ މުހިއްމު ޕްލެޓްފޯމެއް ކަމަކަށް." ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައު ވާދަކުރި ޝެފާލީ ބުންޏެވެ.

އޭނަ ބުނީ "ޝައިތާނީ ރަސްމޭ" އަކީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެހެންވެ މިއީ ޓީވީ އަށް އަންނަ ވަރަށް ރަނގަޅު ދަނޑިވަޅެއް ކަމަށް ދެކި އެއަށް އެއްބަސްވީ،" ޓީވީ އެކްޓަރު ޕަރާގް ތިއާގީގެ އަންހެނުން ބުންޏެވެ. "ކުޅެލަން ވަރަށް ބޭނުންވާ ކަހަލަ ރޯލެއް ޝައިނާތީ ރަސްމޭ އިން ލިބުނީ. މިއީ އަސްލު ވަރަށް ޔުނިކް ސްޓޯރީއެއް."

ޝެފާލީ މިހާތަނަށް ދެ ފިލްމެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅައިފައިވެ އެވެ. އެއީ ސަލްމާން ޚާންގެ 2005 ގެ "މުޖްސޭ ޝާދީ ކަރޯގޭ" އާއި 2011 ގެ ކަންނާޑާ ފިލްމު "ހުޑުގަރޫ" ގަ އެވެ.

"ޝައިތާނީ ރަސްމޭ" ޕްރީމިއާކުރަން ފަށާނެ ތާރީހެއް ސްޓާ ބާރަތު އިން އަދި އިއުލާނެއް ނުކުރެ އެވެ.