Last Updated: July 17, 18:07
Friday, July 17, 2026
މުނިފޫހިފިލުވުން

"ޓައިމް" ގެ އަހަރުގެ ޝަހުއްސިއްޔަތަކަށް ޓޭލާ

މަޝްހޫރު "ޓައިމް" މަޖައްލާގެ މި އަހަރުގެ ޝަހުސިއްޔަތަކަށް އެމެރިކާގެ ލަވަކިތުންތެރިޔާ ޓޭލާ ސްވިފްޓް ހޮވައިފި އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޭލާ އަހަރުގެ ޝަހުސިއްޔަތުގެ ގޮތުގައި ހޮވީ އޭނަ ހޯދަމުން އަންނަ ކާމިޔާބީތަކާއި ކުރިއެރުންތަކާ ގުޅިގެން ކަމަށް ޓައިމް މަޖައްލާ އިން ބުންޏެވެ. ދާދި ފަހުން ޓޭލާ ވަނީ ބިލިއަނަރުންގެ ލިސްޓުން ވެސް ޖާގަ ހޯދައިފަ އެވެ.

މި އަހަރުގެ މާޗް 17 ގައި ފެށި ޓޭލާގެ "އީރާސް ޓުއާ" ވެސް ވަރަށް ކާމިޔާބު އެއްޗަކަށްވެގެން ގޮސްފައިވާ އިރު، މި ޓުއާ ވެގެންމި ޓުއާ ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު 23 ގަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 13 ގައި ނެރުނު "ޓޭލާ ސްވިފްޓް: ދި އީރާސް ޓުއާ" ގެ ކޮންސަޓް ފިލްމަކީ ވެސް ވަރަށް ކާމިޔާބު އެއްޗެކެވެ. އެއަށް އާމްދަނީގެ ގޮތުގައި 249.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޓޭލާގެ 2014 ގެ އަލްބަމް "1989" ގެ އާ ވާޝަނެއް ވެސް އޮކްޓޯބަރުގައި ނެރެފައިވެ އެވެ. މިއުޒިކީ ދާއިރާ އިން މިހާތަނަށް އެވޯޑެއް ހޯދާފައިވާ ޓޭލާ މިހާތަނަށް 14 އަލްބަމް ނެރެފައިވެ އެވެ. މީގެ ތެރެއިން ހަތަރު އަލްބަކީ ކުރިން ނެރުނު އަލްބަމްތަކެއްގެ އާ ވާޝަންތަކެވެ.

ޓޭލާ، 33، އެންމެ ފަހުން ނެރުނު އޮރިޖިނަލް އަލްބަމަކީ މިދިޔަ އަހަރުގެ "މިޑްނައިޓްސް" އެވެ.