Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 10 ޖެހުމާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު، އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެމުން އާދެ އެވެ.