ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލު، މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފިރުޒުލް ހުތުބާ ދެއްވާނީ އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަމުގެ މައްޗަށެވެ.
ފިރުޒުލް، 29، އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ދ. ކުޑަހުވަދޫއަށް އުފަން ފިރުޒުލް އަކީ ގުރުއާން ހިތުދަސް ހާފިޒެއް ވެސް މެ އެވެ. ދަ އިލްމު އިންސްޓިޓިއުޓުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް ކުރިން ފުރުއްވި ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.