Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސީއެސްސީގެ ވަޒީފާއާ ގުޅޭ ކަންކަން އޮންލައިންކޮށް

ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމަށް މިހާރު ބޭނުން ކުރަމުން އަންނަ "ސީއެސްވިއުގަ" އޮންލައިންކޮށް ކުރިއަށް ގެންދެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފި އެވެ.

އެގޮތުން ވަޒީފާ ހަމަޖެއްސުމާ ގުޅޭ ހުރިހާ މަރުހަލާތަކެއް އޮންލައިންކޮށް ކުރިއަށް ގެންދެވޭ ގޮތަށް ފަރުމާކުތރި "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" އިއްޔެ ވަނީ އިފުތިތާހުކޮށްފަ އެވެ.

އެ އިފުތިތާހުކޮށް ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ސީއެސްސީން ބުނީ، ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގެ ތެރެއިން، މަގާމަކަށް އިއުލާނުކުރުމުން ފެށިގެން، މަގާމަށް އެންމެ ގާބިލް މީހަކު ހޮވައި އައްޔަންކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައި މެނުއަލްކޮށް ކަމަށް ވޮޔަސް އަލަށް މި ގެނައި ބަދަކާ އެކީ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަކައަކާ ލުއެއް ލިބިގެން ދާނެ ކަމަށެވެ.

އެތަނުން ބުނީ އަލަށް ތައާރަފްކުރި "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" ގެ ތެރެއިން މައިއެކައުންޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، އެ ފަރާތެއްގެ ވަޒީފާގެ މަރުހަލާތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ވަގުތުން ވަގުތަށް ދުވަހުން ދުވަހަށް ލިބޭނެ ކަމަށެވެ. އެހެންވެ ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތާއި، މަރުހަލާ ގޮސްފައި އޮތް ހިސާބު ނޭނގިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިދާރާތަކަށާއި ކޮމިޝަނަށް ކުރަމުންދާ މުއާމަލާތުތައް މަދުވެ، އެ ކަމަށް އެ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފުތައް ވެސް ނެތިގެން ދާނެ ކަމަށް ބުންޏެވެ.

ސީއެސްސީން ބުނީ އާ މޮޑިއުލާ އެކީ އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައް ވެސް ދެން މަދުވާނެ އެވެ. އެހެންވެ މީގެ ސަބަބުން ވަޒީފާއަށް އެންމެ ގާބިލު މީހުން ފަރާތް ހޮވުމުގެ ޔަގީންކަން އިތުރުވެ، އިއުލާނުތައް ބާތިލުކުރަން ޖެހޭ މިންވަރު މަދުވާނެ ކަމަށް ސީއެސްސީން ބުންޏެވެ.

ސީއެސްސީން ބުނީ މިއީ ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ކޮމިޝަނުން ކުރަމުން އަންނަ ދުރު ރާސްތާ ޕްލޭނުގައި އެޅިގެން ދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މޮޑިއުލް އިތުރަށް ހަރުދަނާ ކުރުމަށް ކުރަ ންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ބުންޏެވެ.