އަންނަ މަހު ރިލީޒްކުރާ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް މަންޒަރުތަތަކާ އެކީ ވަަރަށް ޝައުގުވެރިކޮށް ގެނެސްދީފައިވާ ޓީޒާ އިން ފިލްމުގެ ލީޑް ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ހިތްގައިމު ކެމިސްޓްރީއެއް ވެސް ފިލްމުން ދައްކުވައި ދޭނެކަން ޔަގީންކޮށް ދީފައިވެ އެވެ. "ފައިޓާ" އަށް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ސަބަބަކީ ވެސް މިއީ އެވެ. މިއީ ރިތިކާއި ދީޕިކާ އެކީގައި ފެންނަ ފުރަތަމަ ފިލްމަށްވާތީ، މި ޖޯޑުގެ އެކީގައި ދެކިލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ "ފައިޓާ" އަކީ މި އަހަރުގެ އެންމެ ބޮޑު އެއް ހިޓް ކަމަށްވާ ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. "ފައިޓާ" ގެ އިން ޓީޒާ އިން ޔަގީންވާ ކަމަކީ މި ފިލްމަކީ މީގެ ކުރިން އިންޑިއާގެ ފިލްމަކުން ފެނިފައި ނުވާ ފަދަ ވައިގެ މަންޒަރުތަކެއް ދައްކުވައި ދޭނެ ފިލްމަކަށް ވާނެ ކަމެވެ.
އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލާ "ފައިޓާ" ގެ ކާސްޓްގައި އަނިލް ކަޕޫރް، ކަރަން ސިންގް ގްރޯވާ، ސަންޖީދާ ޝެއިހް އަދި އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.