ޑެންމާކްގައި މި އަހަރު ކީރިތި ޤުރުއާން އެންދުމުގެ އަމަލުތަކެއް ހިންގުމާ ގުޅިގެން އެކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވެސް ކޮށްފައި ވަނިކޮށް ވަނީ ޤުރުއާން އެންދުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފަސްކޮށްފި އެވެ.
އިއްޔެ މި ބިލް ފާސްވީ ޖުމްލަ 179 މެމްބަރުން ތިއްބަވާ މަޖިލީހުގައި ނެގި ވޯޓްގައި ބައިވެރިވި 94 މެންބަރުންގެ ތެރެއިން 77 މެންބަރުންގެ ވޯޓާ އެކީގަ އެވެ. ބިލް ފާސްކުރުމުގެ ކުރިން ބަހުސަށް ހުޅުވައިލުމުން ބަހުސް ވަރަށް ބޮދަށް ހޫނުވެ، ބިލަށް އިދިކޮޅު ވަރަށް ގިނަ މެންބަރުންތަކެއް ފާޑު ވެސް ވިދާޅުވި އެވެ.
ނަމަވެސް ބިލް ފާސްވެގެން ދިޔަ އިރު، އޭގައިވާ ގޮތުން އާންމު އެއްވެސް ތަނެއްގައި ޤުރުއާން އަންދައިފި ނަމަ އެފަދަ އަމަލެއް ހިންގި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޑެންމާކްގައި މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޤުރުއާން އެދި މައްސަލައިގައި މުސްލިމު ވަރަށް ގިނަ ގައުމުތަކުން އެކަން ކުށްވެރިކޮށް، އެ ޖަރީމާ ހިންގި ފަރާތްތަކަށް އަދަބު ދޭން ވެސް ގޮވާލި އެވެ. އެ ގައުމުގައި ޤުރުއާން އެންދީ ވެރިރަށް ކޮޕަންހޭގަންގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގަ އެވެ. ޤުރުއާން އަންދާލުމުގެ އިތުރަށް އެ ޖަމާއަތުގެ މީހުން ތިބީ އިސްލާމް ދީނާ ދެކޮޅު ޝުއޫރުތައް ހިމެނޭ ބެނާތަކެއް ވެސް ހިފައިގެންނެވެ. އެ އަމަލު އެ މީހުން ހިންގިއިރު ހިމާޔާތް ދީގެން ފުލުހުން ވެސް ތިއްބެވެ.
ޑެންމާކަކީ އަބަދު ވެސް އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކުރުމުގެ އަމަލުތައް ހިންގާ ގައުމެކެވެ. އެގޮތުން ކުރިން ވެސް ޤުރުއާން އަންދައިލުމާއި ރަސޫލާ އަށް ކާޓޫން ވެސް ކުރަހާފައިވެ އެވެ.
މި އަހަރު ސްވިޑްންގްއި ވެސް ޤުރުއާން އަންދައި، މުސްލިމުންގެ ލޭ ކައްކުވާފައިވެ އެވެ.