Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

އަމީނީ މަގު ނިންމުމުގެ މަސައްކަތް ފަށައިފި

މާލޭ އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ މަގުގައި ނުނިމި އޮތް ބައިގެ މަސައްކަތް ފަށައިފިއެވެ.

އާރްޑީސީން ބުނެފައިވަނީ އަމީނީމަގުގެ ނުނިމިވާ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަމީނީ މަގުގެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނިންމާފައެވެ. އެގޮތުން ހައުސިން މިނިސްޓްރީއާ ހަމައަށް މަގުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށާފަައިވާއިރު، އެ މަގުގައި އެއްކޮށް ތާރުއަޅާ ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް ދަނީ ހަރުކުރަމުންނެވެ.