Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ނޮވެމްބާ" ކުޅުދުއްފުއްޓަށް

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ނޮވެމްބާ" ކުޅުދުއްފުށީގައި އަޅުވަން ނިންމައިފި އެވެ.

އެ ސިޓީގައި ފިލްމުގެ ތިން ޝޯ ދައްކަން ހަމަޖެހިފައިވެ އެވެ. އެއީ މި މަހުގެ 14-16 އަށެވެ.

މި މަހުގެ 4 ގައި ޕްރީމިއާކުރި "ނޮވެމްބާ" ގެ ދެ ޝޯ ގއ. ވިލިގިލީގައި ވެސް ދައްކާފައިވެ އެވެ. އެއީ ރެ އާއި އޭގެ ކުރީ ރޭގަ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މާލެ އާއި ސިންގަޕޫރާއި އައްޑު އާއި. ލ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކެއްގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ މި ފަހުން މަގުބޫލުވި ސްކްރީން ޖޯޑު މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

މީގެ އިތުރުން ބޮޑު ކާސްޓެއް ފެންނަ "ނޮވެމްބާ" ގެ ވަރަށް ހާއްސަ ރޯލެއް ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެސް ކުޅެފައިވެ އެވެ. އަދި އޭނަގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއީލް ވެސް ފިލްމުން ފެނިގެން ދެ އެވެ.