ސޯޝަލް މީޑިއާގެ ސަބަބުން ދިރިއުޅުމަށް އައި ނުފޫޒަށް ބިނާކޮށް ހަދާފައިވާ އަދި ތިން އެކުވެރިއެއްގެ ގުޅުން ދައްކުވައިދޭ ބޮލީވުޑްގެ ފިލްމު "ކޯ ގަޔޭ ހަމް ކަހާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭގެ އިތުރުން އާދާޝް ގޯރަވް އެވެ. "ކޯ ގަޔޭ ހަމް ކަހާ" އަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ އިން ގެނެސްދިން "ގެހަރާއިޔާ" އަށް ފަހު އަނަންޔާ އާއި ސިދާންތު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.
މިއީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އަރުޖުން ވަރައިން ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ކޯ ގަޔޭ ހަމް ކަހާ" ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގައި ނެޓްފްލިކްސްއިންނެވެ.
މި ފިލްމު ގެނެސްދޭ ޓީމަކީ އިހަކަށް ދުވަހު ގެނެސްދިން "ދި އާޗީސް" އާއި "ގަލީ ބޯއި" އާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި "ޑޮން" އާއި "ދިލް ޗާތާ ހޭ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޓީމެވެ.