Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމައިފި

ރާއްޖޭގައި މުޅިން އަލަށް ފިޝަރީޒް ކޮލެޖެއް ގާއިމު ކުރަން ނިންމައިފި އެވެ.

މިކަން އިއުލާންކުރީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ ދެވަނަ ސިނާއަތަށް ހާއްސަކޮށްގެން މަސްވެރިކަމުފެ ދާއިރާ އިން ތައުލީމީ މީހުން ބިނާކުރަން ގާއިމުކުރަން ނިންމާފައިވާ ފިޝަރީޒް ކޮލެޖް ގާއިމުކުރާނީ ގައުމީ ޔުނިވަސިޓީއާ ގުޅިގެން ކަމަށެވެ. ރައީސް ވިދާޅުވީ އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ "ހަފުތާ 14" ގެ ތެރޭގައި ހިނގަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން ފަޅުވެރިޔަކު "ރެސްކިއު ޑައިވަރެއް" ގެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހެދުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަަތު ވެސް ފަހިކޮށް ދެއްވާނެ އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.