Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ނޮވެމްބާ" އަށް ވަރަށް ހާއްސަ ޝަރަފެއް!

ރާއްޖޭގެ މިހާރު އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ނޮވެމްބާ" އަށް މގެ ކުރިން ދިވެހި ފިލްމަކަށް ނުލިބޭ ހާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

މި ވާހަކަ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ ސްޓޫޑިއޯ އިން ބުނީ މި މަހުގެ 4 ގައި އޮލިމްޕަހުގައ ޕްރީމިއާކުރި ފިލްމުވެފައި ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އެއާލައިނެއްގެ އިން-ފްލައިޓް އެންޓަޓެއިންމަންޓް ލިސްޓެއްގައި ހިމެނޭ ފުރަތަނަ ދިވެހި ފިލްމަށް ކަމަށެވެ. އެގޮތުން ރަޝިޔާ ބަހުން ޑަބްކޮށް، އެ ގައުމުގެ އެއާ އަސްޓާނާގައި އަންނަ މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް "ނޮވެމްބާ" ދަތުރުމަތީގައި ބަލާލެވޭނެ އެވެ.

ޑާކް ރެއިނުން ބުނި އެފަދަ ފުރުސަތެއް ފަހިކޮށް ދިނީތީ އަޔަލޭންޑްގެ ޑިޖިޓަލް އައިއެފްއީ ސާވިސެސް ލިމިޓެޑް (ޑީއައިއެފްއީއެސް) ގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިގޮތަށް ދެއްކުމުގެ ފުރުސަތު މި ކުންފުންޏަށް ލިބިގެންދިޔަކަމީ އެ ފިލްމަކީ "ނޮވެމްބާ" ޔަށް ވެގެން ދިޔަކަމީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއްވެސް މެ،" ޑާކް ރެއިނުން ބުންޏެވެ. "އުންމީދަކީ ކުރިއަށް އޮތް ތަނުގައި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އިތުރު ފިލްމުތަކެއް އެއާ އަސްޓާނާގައި ދެއްކިގެން ދިއުން."

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ އަދި ސިންގަޕޫރްގައު ވެސް މަންޒަރުތަކެއް ނަގާފައިވާ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މާލެ އާއި ސިންގަޕޫރާއި އައްޑު އާއި. ލ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކެއްގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ މި ފަހުން މަގުބޫލުވި ސްކްރީން ޖޯޑު މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

ޑާކް ރެއިންގެ ފިލްމެއް ބޭރުގެ އެއާލައިނެއްގައި ދެއްކުމުގެ ފުރުސަތު ލިބިގެން ދިޔަ އިރު، އެ ސްޓޫޑިއޯ އިން ފިލްމު ހަދާތާ މިއީ 17 ވަނަ އަހަރެވެ.