އިންޑޮނީޝިއާގައި މިހާރު އަމަލުކުރަމުން އަންނަ އޮންލައިން ވިޔަފާރީގެ އުސޫލުގެ ދަށުން އެ ގައުމުގެ ޓެކް ކުންފުނި، ގޯ ޓު އާ ގުޅިގެން ވިޔަފާރި ހިންގުމަށް ދެ ކުންކުންފުނިން ޖޮއިންޓް ވެންޗަ އެއްބަސްވުމެއް ހަދައިފި އެވެ.
މި އެއްބަސްވުމުގެ ދިގު މުއްދަތަކަށް އަމާޒުކޮށްގެން ޓިކްޓޮކުން ވަނީ އެ ގައުމުގެ އެންމެ ބޮޑު އޮންލައިޮން ވިޔަފާރި، ޓޮކޮޕީޑިއާގައި 1.5 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ. ޓޮކޮޕީޑިއާ އަށް ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން އިންވެސްޓްކުރަން ނިންމީ، އެ ކުންފުނީގެ 75 ޕަސެންޓް ހިއްސާ ގަނެ، ދެ ކުންފުނި ގުޅާލައި، ވިޔަފާރި ހިންގުމަށްޓަކަ އެވެ.
މިކަމާ ގުޅޭ ގޮތުން ދެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން އޮންލައިން ވިޔަފާރި އިންޑޮނީޝިއާގައި ވަރަށް ބޮޑަށް ފުޅާވެގެން ދާނެ ކަމަށެވެ. އެގޮތުން މީގެ ފުރަތަމަ މަރުހަލާ ޕައިލެޓް މުއްދަތެއްގެ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އިންޑޮނީޝިއާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 125 މިލިއަނަށް އަރަ އެވެ.
ޓިކްޓޮކާއި ޓޮކޮޕީޑިއާގެ ޕާޓްނަޝިޕްގެ ދަށުން މައިގަނޑު ގޮތެއްގައި ޕްރޮމޯޓްކޮށް ވިއްކާނީ ވެސް އިންޑޮނީޝިއާގެ އުފެއްދުންތަކެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީތެރިކަން ވެސް ފޯރުކޮށް ދޭނެ އެވެ.
އިންޑޮނީޝިއާގެ ޓޮލޮޕީޑިއާއާ ޓިކްޓޮޮކް ޕާޓަނަޝިޕް މި ހެދީ އެ ގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް ގެއްލުންވަމުން ދިއުމާއި އާންމުންގެ ޒާތީ މައުލޫމާތުތައް ރަައްކާތެރިކަމާ ދޭތެެރޭ ސުވާލު އުފެދޭ ކަމަށް ބުނެ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އޮންލައިން ވިޔަފާރި މަނާކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން "ޓިކްޓޮކް ޝޮޕް" ވެސް އެ ގައުމުގައި ހުއްޓާލި އެވެ.
އިންޑޮނީޝިއާ އިން މިހާރު އަންނަނީ ކުރިއަށް ވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން އޮންލައިން ވިޔަފާރި ރެގިއުލޭޓްކުރަމުންނެވެ.