Last Updated: July 22, 09:42
Wednesday, July 22, 2026
ޚަބަރު

އިރުތިޝާމް، މުންދު އަދި ނަސީރު ސަފީރު ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެ ގައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެގޮތުން ހުށަހަޅުއްވާފައިވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އަދި އ.ދ ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

މި ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން މިއަދު ވަނީ އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށްފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ސަފީރުން އައްޔަނު ކުރުމަށް ފޮނުއްވި ފުރަތަމަ ނަންތަކެވެ.