Last Updated: May 7, 11:19
Wednesday, May 7, 2025
ޚަބަރު

ބައެއް ސަރައްދުތަކުން ކަރަންޓް ކެނޑިއްޖެ

ފޭދޫ ބޮޑު މަގު. ފޮޓޯ/ އައްޑޫ ލައިވް

އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިިފައިވާ ރަށްތަކުގެ ގިނަ ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ހިސާބުތަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވާތާ މިހާރު ދެ ގަޑިއިރަށް ވުރެ ގިނަ އިރު ވަނީ ވެފަ އެވެ.

އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެކި ސަރަހައްދުތަކުން ގަޑިއަކުން ގަޑިއަކުން ކަރަންޓް ދަނީ ކަޑަމުންނެވެ.

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ނުުރެވި ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑުމަކީ އާއްމު ކަމެކެވެ.ނަމަވެސް މިކަމާއި ގުޅޭ ތަފްސީލެެއް ދިނުމަށް ތަނުގެ ވެރިން އަބަދުވެސް ދެކޮޅު ހައްދަވައެވެ.

"އައްޑޫ ލައިވް" ގެ ފަރާތުން މިއަދުވެސް މިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް އިންޖީނުގޭގެ ވެރިންގެ ގުޅަން މަސައްކަތް ކުރި ނަމަވެސް އެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅުންގެ ބަހެއް މިކަމުގައި ވަނީ ލިބޭގޮތް ނުވެފަ އެވެ.