Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

މެގްނާގެ 5 ވަނަ ފިލްމު ސިދާތަށް

މި މަހު ރިލީޒްކުރި ވިކީ ކޯޝަލްގެ ފިލްމު "ސޭމް ބަހާދޫރު" ގެ ޑައިރެކްޓަރު މެގްނާ ގިލްޒާރު ދެން ފިލްމެއް ހަދާނީ އެކްޓަރު ސިދާތު މަލްއުތުރުއާ އެކީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެކަމާ ގުޅޭ ގޮތުން އެ ދެ މީހުން ބައްދަލުކޮށް، މަޝްވަރާކޮށް، ފިލްމުގެ ވާހަކަ ބިނާކުރާނެ ޕްލޮޓް ވެސް މިހާރު ފައިނަލްކޮށްގައިވާ ކަމަށެވެ. މެގްނާ އަކީ ހަގީގީ ހާދިސާތަކަށް ފިލްމު ހަދަމުން އަންނަ ޑައިރެކްޓަރަކަށްވާތީ، އޭނަގެ ފަސް ވަނަ ޑައިރެކްޝަނަކީ ވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާނެ އެއްޗެއް ކަމަށް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނީ ސިދާތާ އެކީ ހަދަން ނިންމާފައިވާ ފިލްމު، ފެށޭ އާ އަހަރުގެ ކުރީކޮޅު މެގްނާ އިއުލާން ކުރާނެ ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. މި ފިލްމު ވާނީ މެގްނާއާ އެކީ ސިދާތު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

ބަތަލާ ކިއާރާ އަދުވާނީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ގެނެސްދިންނ "މިޝަން މަޖުނޫ" އެވެ. ސިދާތުގެ ދެ ޕްރޮޖެކްޓެއް ކުރިއަށް އެބައޮތެވެ. އެއީ އަންނަ މަހުގެ 19 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އާއި މާޗް 15 ގައި ގެނެސްދޭ ފިލްމު "ޔޯދާ" އެވެ.

މަޝްހޫރު ޅެންވެރިޔާ ގުލްޒާރާއި ކުރީގެ ބަތަލާ ރާކީގެ ދަރިފުޅު މެގްނާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" އާއި އާލިއާ ބަޓްގެ "ރާޒީ" ގެ އިތުރުން އިރުފާން ޚާންގެ "ތަލްވާރު" ހިމެނެ އެވެ.