Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ޑަންކީ" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފި

މި މަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ގެ ޕްރޮމޯޝަނަލް ލަވަ "އޯ މާހީ" އާންމުންނަށް ދޫކޮށްލައިފި އެވެ.

ޕްރިތަމް މިއުޒިކް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އެވެ. "އޯ މާހީ" ލަވައިން ޝާހްރުކާ އެކީ ފިލްމުގެ ބަތަލާ ތާޕްސީ ޕައްނޫ ވެސް ފެނިގެން ދެ އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވަ އާންމުކުރި އިރު، ތާޕްސީ މި ވަގުތު ހުރީ ޗުއްޓީ އަށް ރާއްޖޭގަ އެވެ.

މި މަހުގެ 21 ގައި ރިލީޒްކުރަން ހަމަޖެހިވާ "ޑަންކީ" އަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ކޮމެޑީ ޑްރާމާއެކެވެ. މީގެ ކާސްޓްގައި ވިކީ ކޯޝަލް، ބޮމަން އިރާނީ، ސަތިޝް ޝާހް، ދިއާ މިރުޒާ އަދި ދަރުމެންދުރާ ހިމެނެ އެވެ.

"ޑަންކީ" އަކީ މި އަހަރު ރިލީޒްވާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. ޖެނުއަރީގައި ގެނެސްދިން "ޕަތާން" އާއި ސެޕްޓެމްބަރުގައި ގެނެސްދިން "ޖަވާން" އަކީ މި އަހަރުގެ އެންމެ ބޮޑެތި ހިޓްތަކެވެ. އެ ދެ ފިލްމަކީ ވެސް އެކްޝަން ތުރިލާ އެވެ.