Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ދެ ރަށެއްގެ މިސްކިތް ބިނާކުރަން ހަވާލުކޮށްފި

ދެ ރަށެއްގައި މިސްކިތް ބިނާކުރަން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ ރެށަކީ ބ. ދަރަވަންދު އާއި ދ. ހުޅުދެލި ކަމަށެވެ. އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.

އެ ދެ ރަށުގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ މިސްކިތްތަކުގެ މަސައްކަތް ޙަވާލުކުރީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ދެ މިސްކިތަކީ ވެސް 300 މީހުންގެ ޖާގައިގެ މިސްކިތްތަކެވެ.