ޗައިނާ އިންް އެމެރިކާ އަށް އެތެރެކުރާ ލޮނުމެދަކީ ގައުމީ ސަލާމަތް އޮތް ނުރައްކަލެއް ކަމަށް ބުނެ އެކަން ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އެ ގައުމުގެ ގާނޫނު މަހާ މަޖިލީހުގެ މެންބަރަކު ގޮވާލައްވައިފި އެވެ.
ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ރިކް ސްކޮޓް ކޮމާސް ސެކްރެޓަރީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޗައިނާ އިން އެތެރެކުރާ ލޮނުމެދުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން އެ ގައުމުން އެތެރެކުރާ ލޮނުނެދު ވަރަށް ނުތާހިރު ލޮނުމެދު ވަރަށް ނުތާހިރު ކަމަށާއި ލޮނުމެދު ހައްދަން އިންސާނުންގެ ނަޖިސް ވެސް ވެސް ބޭނުންކުރާ ތުހުމަތުކޮށްފައިވެ އެވެ.
އެހެންވެ ތޮއްޓާ އެކީ އެތެރެކުރާ ލޮނުމެދުގެ އިތުރަށް ތޮށި ނޮޅާފައި ހުންނަ ލޮނުމެދާއި ތާޒާ ލޮނުމެދާއި ފިނިކޮށްގެން އެތެރެކުރާ ޗައިނާގެ ލޮނުމެދަކީ ވެސް އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްޗެއް ކަމަށް ރިކް ވިދާޅުވި އެވެ. އޭނަ އޭނަ ވިދާޅުވީ ޗައިނާ އިން އެއްގޮތަކަށް ވެސް ލޮނުމެދު އެތެރެކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި ކޮމިއުނިސްޓް ވެރިކަމެއް ހިންގާ ގައުމަކަށް އިތުބާރު ކުރަން ވެސް ބިރުބޮޑު ކަމަށާއު ޗައިނާގެ ލޮނުމެދުގެ މައްސަލަ އެމެރިކާ އިން އިތުރަށް ބަލައި، އަވަސް ފިޔަވަޅީތަކެއް އަޅަން ޖެހޭ ކަމަށެވެ.
އެމެރިކާ އެކީ ޗައިނާ އިން ގިނަ އަދަދަކަށް ލޮނުމެދު އިމްޕޯޓްކުރާ ގައުމެކެވެ.
ރިކް ވިދާޅުވި ގޮތުގައި ޗައިނާގެ ލޮނުމެދާ މެދު ގުޅޭ ގޮތުން އޭނަ ފާހަގަކުރި މައްސަލަތަކުގެ ހެކި ބޭނުންވާ ނަމަ އެފަދަ ކިތަންމެ ހެއްކެއް އޮންލައިން ޕްލެޓްފޯމްތަކުގައި ހުރި ވަރަށް ގިނަ ވީޑިއޯތަކުން ވެސް ފެންނާނެ އެވެ.
"އެހެންވެ ގޮވާލަން މީގެ ސަބަބުން އަހަރެމެންގެ ގައުމީ ސަލާމަތަށާއި އާންނު ސިއްހަތުގެ އިތުރަށް އިގުތިސާދީ ދުޅަހެޔޮ ކަމަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ފާރަވެރި ފިޔަވަޅުތަކެއް އަޅަން." އޭނަ އޭނަ ވިދާޅުވި އެވެ.

އެމެރިކާ އަކީ އަބަދު ވެސް ޗައިނާ އަށް ފާޑުފާޑުގެ ތުހުމަތުކުރާ ގައުމެކެވެ. އެގޮތުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅުގައި ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅި އެވެ. އޭރު އެމެރިކާ އިން ބުނެފައި ވަނީ އެ އެޕަކީ ކޮމިއުނިސްޓް ޕާޓީ އާއި ޗައިނާގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްދޭ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށެވެ.
އެހެންވެ ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ.