Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފެނަކަ އަށް 2 ޑީއެމްޑީން އައްޔަންކޮށްފި

ބޭކާރު މުވައްޒަފުން ގިނަ ކަމަށް ބުނެފައިވާ އަދި ދަރަނީގެ މައްސަލަތައް ވެސް އިންތިހާ އަށް ބޮޑު ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރި ދެ ބޭފުޅުންނަކީ އިބްރާހީމް ނާއިފާއި ހުސައިން ޒުހުރީ އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ނާއިފަކީ ފެނަކައިގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނަ އަކީ ނާއިފަކީ ވިޔަފާރި ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯއްދަވާފައިވާ މުއިއްޒުއާ ވަރަށް އަރިސް ބޭފުޅެކެވެ.

ނާއިފް ކުރިން ލ. އަތޮޅު ކައުންސިލްގެ އިތުރުން އެސްޓީއޯ ފޮނަދޫ ބޭސް ފިހާރައިގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ފެނަކަގެ މެނޭޖިން ޑިރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ.