Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ދީނީ ޕްރޮގްރާމްތަކަށް އިލްމުވެރިން ހޯދަނީ

އިސްލާމިކް މިނިސްޓްރީން ހިންގަން ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތަކަށް ދީނީ އިލްމުވެރިން ހޯދަން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު މާލެ އާއި އަތޮޅުތެރޭގައި ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެ ޕްރޮގްރާމްތަކުގައި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ އިލްމުވެރިންނަށް ފުރުސަތު ހުޅުވައިލީ ކަމަށް ބުންޏެވެ.

މިކަމަށް ޝައުގުވެރިވާ ބޭފުޅުން މި މަހުގެ 17 ގެ ކުރިން ނަން ނޯޓްކުރަން ޖެހެ އެވެ. މި ލިންކް https://forms.office.com/r/DLgB27dGeM މެދުވެރިކޮށް އޮންލައިންކޮށް ވެސް ނަން ނޯޓްކުރެވޭނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3020256 އަދި 3020245 އިން ލިބޭނެ އެވެ.