Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ރާފުޅިތަކާ އެކު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ މި އޮޕަރޭޝަނުގައި، 31 އަހަރުގެ މީހާ ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 69 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.