Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ސަމަންތާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ ވެސް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައި، އެކަން އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އޭނަ އިއްޔެ އާންމުކުރި ޕޯސްޓެއްގައި ބުނީ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ ޓްރަލާލާ މޫވިން ޕިކްޗާސް ކަމަށާއި މީގެ ދަށުން އާ މީހުންނަށް ފުރުސަތު ދީ މުޖުތަމައާ ގުޅޭ ވާހަކަތައް ކިޔައިދޭން ފުރުސަތު ފަހިކޮށް ދޭނެ ކަމަށެވެ.

އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ސަމަންތާ ލޯންޗްކުރި އިރު، އޭނަ އަކީ އިންޑިއާގެ ދެކުނުގައި އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. ސަމަންތާ އާންމުކޮށް ކުޅެނީ ތެލެގޫ އަދި ތަމަޅަ ފިލްމުތައް ނަމަވެސް އޭނަގެ އަތުގައި ހިންދީ ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން އުޅޭ ވެބް ސީރީޒް "ސިޓަޑެލް އިންޑިއާ" އެވެ. ޝޫޓިން ނިންމާފަިއ އޮތް އެ ސީރީޒްގެ ބަތަލަކީ މަޝްހޫރު އެކްޓަރު ވަރޫން ދަވަނެވެ.

ރާޖް އެންޑް ޑީކޭ ސީރީޒް" ފެމިލީ މޭން" ގައި ވެސް ސަމަންތާ މަސައްކަތްކޮށްފައިވެ އެވެ.

މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީ ދޮށީ ދަރިފުޅު އެކްޓަރު ނާގަ ޗައިތަނިއާގެ ކުރީގެ އަންހެނުން ސަމަންތާ، 36، ގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަަރުގައި ރިލީޒްކުރި ތެލެގޫ ފިލްމު "ކުޝީ" އެވެ. އޭނަ މިހާރު އަންނަނީ "ޗެންނާއީ ސްޓޯރީސް" ކިޔާ އެމެރިކާގެ ޕްރޮޖެކްޓެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.