Last Updated: May 12, 20:00
Monday, May 13, 2024
ކުޅިވަރު

ގޯދިއްޔާ މުބާރާތަށް ފުރުސަތު ހުޅުވާލަނީ

ކޮންމެ އަހަރެއްގެ ރޯދަ މަހު އައްޑޫގައި ބާއްވަމުން އަންނަ ގޯދިއްޔާގެ މި އަހަރުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަަން ނިންމައިފި އެވެ.

ގޯދިއްޔާ އިން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން "ގޯދިއްޔާ ފުޓްސަލް ކަޕް 2015" ގައި ބައިވެރިވުމަށް ދޫކުރާ ފޯން މި މަހުގެ 25 އިން ފެށިގެން ދޫކުރަމުން ގެންދާނެ އެވެ.

ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އެޕްރީލް މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހުގެ ހަވީރު 4:00 ހަމައަށް މަރަދޫގައި ހުންނަ ގޯދިއްޔާގެ އޮފީހަށް ފޯމް ހުށަހަޅަން ޖެހެ އެވެ.

ރޯދަ މަހުގެ ރޭގަނޑު މަރަދޫ ދަނޑުގައި މެޗްތައް ކުޅޭ މި މުބާރާތް މި އަހަރު ކުރިއަށް ދާނީ ޖޫން މަހުގެ 24 އިން ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

1655630_10205980314448103_1336452203563616572_o

ގޯދިއްޔާ އިން ބުނީ މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7905592 އަދި 9995840 އަށް ގުޅައިގެން ވެސް ހޯދޭނެ ކަމަށެވެ.

މިދިޔަ އަހަރު 20 ޓީމާ އެކުޔ އެސްޓީއޯ އިން ސްޕޮންސަކޮށްގެން ބޭއްވި "ގޯދިއްޔާ ފުޓްސަލް ޓޯނަމަންޓް 2014" ޗެމްޕިއަން ޓީމަކީ އެފްސީ ރެސްޕެކްޓް އެވެ.

މި މުބާރާތަކީ 2010 ވަނަ އަހަރުން ފެށިގެން ގޯދިއްޔާ އިން ބާއްވަމުން އަންނަ މުބާރާތެކެވެ.