Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަމަށް ހިލްމީ

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ރައީސުލް ޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބްރިގޭޑިއާ ޖެނެރަލް ހިލްމީ މި މަޤާމަށް އައްޔަން ކުރައްވާފައިވާކަން މިއަދު އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

ވައިސް ޗީފް އޮފް ޑިފެންސްފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފެވެ. އެ މަގާމު ހުސްވެފައި އޮތީ ރައީސް މުއިއްޒު ހުވާކުރެއްވި ދުވަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރެއްވުމުންނެވެ.

ޗީފް އޮފް ޑީފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކުރައްވަނީ ރައީސްއެވެ.