އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ނޮވެމްބާ" ގެ ލަވަތަކުގެ ތެރެއިން "އިންތިޒާރޭ" މިއަދު އާންމުކޮށް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށް އިކްއޭޓިކް ވައިބްގެ މިއުޒިކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ އެ ބޭންޑްގެ ލީޑް ވޯކަލިސްޓް ޝައްމޫނެވެ. "އިންތިޒާރޭ" އަކީ އަޑު އަހައިލަން ފަސޭހަ މަޑުމައިތިރި ސްޓައިލްގެ ލަވައެކެވެ. މި ލަވައިން ސިންގަޕޫރާއި އައްޑޫގެ ރީތި މަންޒަތުތަކެއް ފެނިގެން ދެ އެވެ.
މި މަހުގެ 4 ގައި ޕްރީމިއާކުރި "ނޮވެމްބާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ނޮވެމްބާ" ގެ ލީޑް ރޯލު ކުޅެފައި ވަނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.