Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އިސްލާމީ މާލީ ފޯރަމެއް މާދަމާ ބާއްވަނީ

އިސްލާމީ މާލީ ފޯރަމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "އިސްލާމިކް ސޯޝަލް އިކޮނޮމިކް" ގެ ނަމުގައި ބާއްވާ ފޯރަމްގައި ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކުގެ ޚިޔާލު ހޯދުމުގެ ފޯރަމްގައި އެތަންތަނުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ފޯރަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ މެނިފެސްޓޯގައިވާ އިސްލާމީ ވައުދުތަކުގެ ތެރެއިން ވަޤުފާއި ހައްޖު ފަންޑު އަދި ޒަކާތު ފަންޑު ކުރިއެރުވުމަށްޓަކައި ބާއްވާ ފޯރަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.