Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ވީއައިއޭގައި އެފްއެންޑްބީ ދެ އައުޓްލެޓް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުޑް އެންޑް ބެވަރޭޖް ދެ އައުޓްލެޓް މިއަދު ހުޅުވައިފި އެވެ.

މިއަދު މި ހުޅުވި އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސް ހޯސްޓް އިން ހުޅުވި ދެ އައުޓްލެޓެވެ.

މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ، އާމިރު މަންސޫރާއި އެޗްއެމްއެސްހޯސްޓްގެ އޮޕަރޭޝަންސް މެނޭޖާ ސްރަވަން ކުމާރު ޕަޓްނައިކް އެވެ.

މި ދެ އައުޓްލެޓްގެ ތެރެއިން ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވީ، އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓުލެޓެވެ. އަދި އެޗްއެމްއެސް ހޯސްޓް މޯލްޑިވްސް އިން ހުޅުވާފައި ވަނީ ކޭއެފްސީ، ކޮސްޓާ ކޮފީގެ އިތުރުން ގްރެބް އެންޑް ފްލައިން ހިންގާ އައުޓްލެޓެކެވެ.

އެއާޕޯޓުގެ ޑިޕާޗާ ހޯލުގެ ބޭރުގަ އާއި އެތެރޭގައި ހަދާފައިވާ ފުޑް ކޯޓުގައި ތަފާތު އެކި ބްރޭންޑްތަކުގެ އައުޓްލެޓްތަކުން އަންނަނީ ހިދުމަތް ދެމުންނެވެ.