Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ރީތި ގޮތަކީ ބައްސާމް އިސްތިއުފާ ދިނުން

އެފްއޭއެމް އިންތިޚާބީ ކޮންގްރެސްގައި ޓޮމް އާއި ބައްސާމް އެކުގައި - ފޮޓޯ: މިހާރު

ރީތި ގޮތަކީ އެފްއޭއެމްގެ ރައީސް ކަމުގެ މަގާމުން ބައްސާމް އަދީލް ޖަލީލު އިސްތިއުފާ ދިނުން ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

ޓޮމް ވިދާޅުވީ ބައްސާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ފުޓްބޯޅަ އަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތި ގޮތަކީ އިސްތިއުފާދިނުން ކަމަށް ޓޮމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުގެ ތެރެއިން ތިންބައިކުޅަ ދެ ބައި ކްލަބުތަކުން، ހުށަހަޅައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓް ނެގުމަށް ކޮންގްރެސްއެއް ބާއްވައި އިތުބާރު ނެތް ކަމަށް ފެނޭތޯ ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ.

ބައްސާމް ބޭރުކުރުމަށް ސޮއި ހޯދަން ފަށާފައިވާއިރު އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ބައްސާމަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.