Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"އަންދާޒު 2" ގެ ކާސްޓް އިއުލާންކޮށްފި

މިދިޔަ މަހުން ފެށިގެން ޝޫޓިން ކުރިއަށްދާ ބޮލީވުޑްގެ ފިލްމު "އަންދާޒް 2" ގެ ކާސްޓުން އިއުލާންކޮށްފި އެވެ.

ސުނީލް ދަރުޝަން ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރާ މި ތިނެސްކަން ލޯބީގެ ފިލްމުގެ ތަރިންނަކީ ނަތާޝާ ފަނެންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާ އެވެ. މީގެ ތެރެއިން ނަތާޝާ އަކީ ސުނީލް އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ 2017 ގެ "އޭކް ހަސީނާ ތީ، އޭކް ދީވާނާ ތާ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ.

އާޔޫޝް އަކީ މިދިޔަ އަހަރު ރިލީޒްކުރި އަބީޝެކް ބައްޗަންގެ "ދާސްވީ" ގެ ކުޑަކުޑަ ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.

"އަންދާޒް" އަކީ ސުނީލް ޕްރޮޑިއުސްކޮށް، ރާޖް ކަންވަރު ޑައިރެކްޓްކޮށް 2003 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އަންދާޒް" ގެ ސީކްއެލް އެވެ. އަކްޝޭ ކުމާރު ބަތަލުގެ ރޯލު ކުޅުނު އެ ފިލްމަކީ 2000 ވަނަ އަހަރުގެ މިސް ވޯލްޑް ޕްރިޔަންކާ އާއި އެ އަހަރުގެ މިސް ޔުނިވާސް ލާރާ ދައްތާ ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.

ސުނީލް ބުނީ ސީކްއެލްގެ މިއުޒިކް ވެސް ތައްޔާރުކޮށްފައި ވަނީ ފުރަތަމަ ބައިގެ މިއުޒިކް ހެދި ނަދީމް ކަމަށެވެ.

"އަންދާޒް 2" އަންނަ އަހަރު ރިލީޒްކުރާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.