Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ރޮކް، ރެސްލިން ތަރިއެއްގެ ރޯލު ކުޅެނީ

ހޮލީވުޑަށް ނުކުތުމުގެ ކުރިން ރެސްލިން ތަރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޑްވޭން ޖޯންސަން ރޮކް) އެމެރިކާގެ ރެސްލިން ތަރިއަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނީ "ދަ ސްމޭޝިން މެޝިން" ގެ ނަން ދީފައިވާ މި ފިލްމަކީ އެޑިކްޝަނާ ހެދި 2000 ގެ ކުރީކޮޅު ކެރިއަރު ނިންމައިލަން ޖެހުނު ކުރީގެ ރެސްލިން ތަރި އަދި މިކްސް މާޝަލް އާޓްސް އެމްއެމްއޭ) ޗެމްޕިއަން މާކް ކާ އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. މިހާރު އުމުރުން 54 އަހަރުގެ މާކް ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.

އޭނަގެ ރޯލު، ރޮކް ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ބެނީ ސަފްދީ އެވެ. އަދި "ދަ ސްމޭޝިން މެޝިން" އަކީ އޭނަގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން ވެސް މެ އެވެ. އުމުރުން 37 އަހަރުގެ ޑައިރެކްޓަރަކީ އޭނަގެ ބޭބެ ޖޯޝް ސެފްދީ، 39، އާ ގުޅިގެން އަންކަޓް ޖެމްސް 2019)، ގުޑް ޓައިމް 2017)، ހެވެން ނޯސް ވަޓް 2014) އަދި ލެނީ ކުކް 2013) ގެނެސްދިން ޑައިރެކްޓަރެވެ.

"ދަ ސްމޭޝިން މެޝިން" ޕްރޮޑިއުސްކުރަނީ އޭ24 އިންނެވެ. މީގައި ރޮކް ކުޅޭ ރޯލާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އިން ބުނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ކެރިއަރުގެ އެންމެ "ޑްރަމެޓިކް ޕްރޮޖެކްޓް" ކަމަށެވެ.

ރޮކް، 56، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސުޕަހީރޯ ފިލްމު "ބްލެކް އެޑަމް" އެވެ.