މަޝްހޫރު ޑޯނަޓް ކުންފުންޏެއްގެ ޑެލިވަރީ ވޭނެއް ވަގަށް ނެގި އަންހެނަކު އޮސްޓްރޭލިއާ އިން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުފައި 10،000 ޑޯނަޓް ބަރުކޮށްފައި އޮތް "ކްރިސްޕީ ކްރީމް ޑޯނަޓްސް" ކުންފުނީގެ އޮސްޓްރޭލިއާ އައުޓްލެޓެއްގެ ވޭން އަންހެނަކު ވަގަށް ނެގީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިޑްނީގެ ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީގައި އޮއްވަ އެވެ، އޭގެ ފަހުން ވޭން ފޭނުނީ އޭގެ ހަފުތާއެއްހާ ފަހުން އެ ސަރަހައްދަށް ވޭން ދޫކޮށްލާފައި އޮއްވަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ސީސީޓީވީ ފުޓޭޖްތަކެއްގެ އެހީގައި މިއަދު ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ އަންހެނެކެވެ. އޭނަގެ މައްޗަށް މިހާރު ވަނީ ވައްކަންކުރުމާއި ލައިސަންސްގެ މުއްދަތު ހަމަވެފައި އޮއްވައި ވެހިކަލް ދުއްވިކަމުގެ ދައުވާ ވެސް އުފުލައިފަ އެވެ.
މިކަމާ ގުޅިގެން "ކްރިސްޕީ ޑޯނަޓް" އިން ބުނީ ޑޯނަޓް ބަރުކޮށްފައި އޮތް ވޭން ވަގަށް ނެގީ އެ ޑެލިވަރީ އަށް ނުކުމެ އުޅެނިކޮށް ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންނަށް ޑޯނަޓް ފޯރުކޮށް ނުދެވި ވަރަށް ގިނަ ވަގުތު ދިޔަ ކަމަށެވެ.