ދައުލަތުގެ ބަޖެޓުން މިސްކިތްތަކަށް ކުރާ ހޭދަ ތިން ގުނައަށް އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް މިހާރު 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ޝަހީމު ވިދާޅުވި އެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް
ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން
ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފި. މިހާރުވަނީ އެކަމަށް 15 މިލިއަން ހަމަޖައްސަވައިދެއްވާފަ— Mohamed Shaheem Ali Saeed (@Mohamedshaheem1) December 14, 2023
މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު ތިންގުނަ އަށް އިތުރުކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ކުރުމަށް ރާވާފައިވާ ކަމެކެވެ.
މީގެއިތުރުންމެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމާއި އިސްލާމްދީނާއި ޤައުމިއްޔަތާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ޓަކައި، ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމުތަކެއް ހިންގަން ފެށުމަކީ ވެސް 100 ދުވަސްތެރޭ ފެށުމަށް ރާވާފައިވާ ކަމެކެވެ.