ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ސީޕީގެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން "ލެޓާ އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ސީޕީގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ މުހައްމަދު ހަމީދެވެ. އޭނަ ވަނީ މިދިޔަ މަހުގެ 15 ގައި ރިޓަޔާކުރައްވައިފަ އެވެ.
މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.