އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު، އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމު "އެއްކީސް" ގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ބައޮގްރަގްފިކަލް ޑްރާމާ އަކީ އންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އުމުރުން އެންމެ 21 އަހަރުގައި މަރުވި އިންޑިއާގެ އަސްކަރީ ބަތަލެއް ކަމަށްވާ އަރޫން ކެތަރްޕާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "އެއްކީސް" ގެ ޑައިރެކްޓަރަކީ އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ކެޓްރީނާ ކައިފްގެ ތުރިލާ "މެރީ ކްރިސްމަސް" ގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން އެވެ.
ޕިންކްވިލާ އިން ބުނީ ކާސްޓްގައި ދަރުމެންދުރާ ވެސް ހިމެނޭ ފިލްމުގެ ޝޫޓިން އަންނަ މަހުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ކުޅެން ޖެހޭ ރޯލަށް އަގަސްތިއާ ވަރަށް ބޮޑަށް ޓްރެއިންވަމުން އަންނަ ކަމަށެވެ. އެގޮތުން އެކްޓިން ކޯޗެއްގެ އެހީތެރިކަން ހޯދަމުން އަންނަ އިރު، ރޯލަށް ފިޓްވާން ބޮޑީ ލޭންގްއޭޖަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.
އަގަސްތިއާގެ ފުރަތަމަ ފިލްމަކީ މި މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ދި އާޗީސް" އެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި ފިލްމުގައި އުންމީދީ އެކްޓަރު ކުޅުނީ އާޗީގެ ރޯލެވެ. އެ ފިލްމަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ވެސް ތައާރަފުވި ފިލްމެވެ.
އަގަސްތިއާ، 23، އަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ހަގު ދަރިފުޅެވެ.
Happy birthday 2/lt #ArunKhetarpal.
It was always my dream to play a soldier of INDIA. #SriramRaghavan cant wait to bring on screen the spectacular tale of 2/LT #ArunKhetarpal. Produced by #DineshVijan
.Hope to make you proud #mukeshkhetarpal and #Poonahorse. 🇮🇳 pic.twitter.com/lRnZ9vfMjm— VarunDhawan (@Varun_dvn) October 14, 2019
އޭނަ ދެވަނަ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، "އެއްކީސް" އަކީ އެންމެ ފުރަތަމަ ވަރޫން ދަވަން 2019 ގައި ސޮއިކުރި ފިލްމެކެވެ. ނަމަވެސް އަގަސްތިއާ އަށް ފުރުސަތު ލިބުނި އޭނަ ފިލްމު ދޫކޮށްލުމުންނެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ފިލްމު ވަރޫން ދޫކޮށްލީ އޭގައި ކުޅެން ޖެހޭ ކެރެކްޓާ އަކީ 21 އަހަރުގެ ނޫކަށިފުރައިގެ ޒުވާނަކަށްވެފައި އޭނަގެ އުމުރާ މިހާރު އެ ރޯލު ނުގުޅޭ ކަމަށް ބުނެ އެވެ.
"އެއްކީސް" ގެ ޑައިރެކްޓަރުގެ 2015 ގެ "ބަދުލާޕޫރް" އަކީ ވަރޫން ކުޅުނު ފިލްމެކެވެ.