ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް އަމިއްލަ ޔުނިވަސިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ޓެސްލާ އާއި ސްޕޭސް އެކްސް އަދި އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ ޔުނިވަސިޓީއެއް ގާއިމުކުރަން ނިންމާފައި ވަނީ އެމެރިކާގެ ޓެކްސަސްގެ އޮސްޓިންގައި ކަމަށެވެ. އަދި މި ޔުނިވަސިޓީ ވާނީ ސްޓެމް ނުވަތަ ސައިންސް ޓެކްނޮލޮޖީ، އިންޖިރިއަން އެންޑް މެތެމެޓިކްސްގެ ދާއިރާ އިން އެންމެ މަތީ ފެންވަރުގެ ކޯސްތައް ހިންގާނެ ތަނަކަށެވެ.
މި ދާއިރާތަކަށް ހާއްސަކޮށްގެން ޔުނިވަސިޓީއެއް ގާއިމުރަން ޕްލޭންކޮށްފައި ވަނީ ސްޓެމް އަށް މަސައްކަތްކުރާ އީލޮންގެ ޗެރިޓީއެއް ކަމަށްވާ "ދަ ފައުންޑޭޝަން" ގެ ތެރެއިން 100 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާތަކުން ބުނީ އީލޮން ގާއިމުކުރާ ޔުނިވަސިޓީއެއް ހުއްދަ ހޯދަން މިދިޔަ އަހަރު ހުށަހެޅުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެކަމުގެ އެޕްރޫވަލް ވެސް ކަމާބެހޭ އިދާރާތަކުން ދީފައިވާ ކަމަށެވެ.. އަދި ޔުނިވަސިޓީގެ ޕްރޮގްރާމްތައް ހިންގާނީ ސްކޫލްސް ކޮމިޝަން އޮން ކޮލެޖެސް އާއި ސަދަން އެސޯސިއޭޝަން އޮފް ކޮލެޖެސްގެ ކަރިކިއުލަމާ އެއްގޮތަށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް ޔުނިވަސިޓީ ގާއިމުކުރާނެ ސީދާ ތާރީހެއް އަދި ސާފެއް ނުވެ އެވެ. އަދި މިކަން ރަސްމީކޮށް އީލޮން އިއުލާން ވެސް ކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ތައުލީމީ ނިޒާމަށް ވަރަށް އާންމުކޮށް ފާޑުކިޔަމުންދާ އީލޮންގެ މިލްކިއްޔާތު މިހާރު 220 ބިލިއަން ޑޮލަރަށް އަރަ އެވެ.