Last Updated: June 14, 11:12
Sunday, June 14, 2026
ޚަބަރު

އައްޑޫގައި މާދަމާ ހިމަބިހީގެ ވެކްސިން ދޭން ފަށަނީ

ހިމަބިއްސާއި ރުބެއްލާގެ ވެކްސިން މާދަމާ އައްޑޫގައި ދޭން ފަށަން ނިންމައިފި އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ދެ ބަލީގެ ވެކްސިން މާދަމާ އިން ފެށިގެން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަަމަށެވެ.

އެގޮތުން އުމުރުން އެގޮތުން 18 މަހާއި 49 އަހަރާއި ދެމެދުގެ ދިވެހިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2ދެ ޑޯޒު ފުރިހަމަ ނުވާ މީހުންނާއި ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުވާ މީހުންނަށް ވެކްސިން ދޭނެ އެވެ.

ވެކްސިން ޖަހަންދާ ހުރިހާ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ގެންނަން ޖެހޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.