Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޕޯން މަނާކުރަން ކެރުނު ވެރިއަކީ މުއިއްޒު

އިސްލާމް ދީނަށްޓަކައި ރާއްޖޭގެ އެއްވެސް ވެރިއަކަށް މިހާތަނަށް ކުރައްވަން ކެރިވަޑައިނުގެން އޮތް، ބަރަހަނާ ސައިޓް މަނާކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކެރުންތެރި ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށް ދިން ކަމެއް ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ބަރަހަނާ ސައިޓްތަކަށް ނުދަވެވޭ ގޮތަށް އިއްޔެ ހެދުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައި އޭނަ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އެ ނިންމުމުން ދައްކުވައި ދެނީ މުއިއްޒަކީ ހަގީގީ ލީޑަރެއްކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި އާދަކާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން އެފަދަ ފިޔަވަޅެއް ނެންގެވީތީ މަރުހަބާ ދަންނަވަން،" ޒައިދު ވިދާޅުވި އެވެ. "ބަރަހާ ސައިޓްތައް މަނާކުރުމަކީ މިހާތަނަށް އެއްވެސް ވެރިކަމަށް ކުރައްވަން ކެރިވަޑައިގަތް ކަމެއް ނޫން. އެމަކަމު ރައީސް މުއިއްޒުގެ އެ ފިޔަވަޅަކީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް."

ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހެދީ ސަރުކާރުން އަންގައިގެންނެވެ.

ރާއްޖެ އަކީ އެއްވެސް ހުރަހަރެއް ނެތި ބަރަހަނާ ސައިޓްތަކަށް އެކްސެސްވުމުގެ ދޮރު މިހާތަނަށް ވަރަށް ބޮޑަށް ހުޅުވިފައި އޮތް ގައުމެކެވެ. މީގެ ސަބަބުން ފޯނޮގްރަފަރީ އަށް އެތައް ބަޔަކު ހުށަހެޅިފައިވެ އެވެ. މީގެ ތެރޭގައި އެކި އުމުރުގެ މީހުން ހިމެނެ އެވެ.