Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ކުވައިތުގެ އަމީރު އަވަހާރަވެއްޖެ

ކުވައިތުގެ އަމީރު ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް މިއަދު އަވަހާރަވެއްޖެ އެވެ.

މިކަން އިއުލާންކޮށް އަމީރުގެ އޮފީހުން ބުނީ މިއަދަކީ ކުވައިތަށާއި މުޅި އަރަބި އިސްލާމީ އުންމަތުގެ އިތުރުން ކުވައިތާ އެކުވެރި ހުރިހާ ގައުމަކަށް ވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަމީރު އަވަހާރަވިކަން އިއުލާންކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް އަވަހާރަވި އިރު، އުމުރުފުޅަކީ 86 އެވެ.

މިޑިއާތަކުން ބުނީ އަމީރު އަވަހާވުމާ ގުޅިގެން ކުވައިތުގެ ތަހުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އެއްބަފާ ކޮއްކޯފުޅު އަދި ނައިބު އަމީރުގެ މަގާމުގައި ހުންނެވި ޝެއިހް މެޝާލް އަލް އަހުމަދު އަލް ޖަބަރު، 83، ކަމަށެވެ.

ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް ކުވައިތުގެ ތަހުތަށް އިސްކުރެވުނީ ސެޕްޓެމްބަރު 29، 2020 ގަ އެވެ.