އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ނޮވެމްބާ" މ. މުލަކުގައި އަޅުވަން ނިންމައިފި އެވެ.
އެ ފިލްމު އުފެއްދި ޑާކް ރެއިން އެންޓައިންމަންޓުން ބުނީ ފިލްމ އެ ރަށުގައި އަޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ގައި ކަމަށެވެ. އަދި އެ ޝޯގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.
މި މަހުގެ 4 ގައި ޕްރީމިއާކުރި "ނޮވެމްބާ" ދެއްކި ރަށްރަށުގެ ތެރޭގައި ގއ. ވިލިނގިއްޔާއި ކުޅުދުއްފުށީގެ އިތުރުން ހއ. އިހަވަންދޫ ހިމެނެ އެވެ.
މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. "ނޮވެމްބާ" ގެ ލީޑް ރޯލު ކުޅެފައި ވަނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.