މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 83.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ދައުކަތުގެ ޓެކްސް އިދާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު އިތުރެވެ. މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 81.6 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ އެޕްރީލް މަހު އެވެ. އެއީ 22.3 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މުދަލު ޒަކާތާ ގުޅޭ ތަފުސީލު:
* ޖެނުއަރީ : 5.1 މިލިއަން ރުފިޔާ
* ފެބްރުއަރީ: 5 މިލިއަން ރުފިޔާ
* މާޗް: 11.1 މިލިއަން ރުފިޔާ
* އެޕްރީލް: 22.3 މިލިއަން ރުފިޔާ
* މެއި: 4.5 މިލިއަން ރުފިޔާ
* ޖޫން: 3.1 މިލިއަން ރުފިޔާ
* ޖުލައި: 7.3 މިލިއަން ރުފިޔާ
* އޮގަސްޓް: 8.5 މިލިއަން ރުފިޔާ
* ސެޕްޓެމްބަރު: 2.8 މިލިއަން ރުފިޔާ
* އޮކްޓޯބަރު: 6.5 މިލިއަން ރުފިޔާ
* ނޮވެމްބަރު: 7 މިލިއަން ރުފިޔާ
މުދަލު ޒަކާތުގެ ނިސާބަކީ މިހާރު 7،151.90ރ. އެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅުމުން އެއަށް ރިއާޔަތްކޮށެވެ.