Last Updated: June 14, 11:12
Sunday, June 14, 2026
ޚަބަރު

މި ސަރުކާރުން ވަނީ ފައިސާ ޗާޕްކުރުން ހުއްޓާލާފައި

އާ ސަރުކާރާ އެކީ ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ހުރަވީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ސަރުކާރުގެ "ހަފުތާ 14" ގެ މަގުޗާޓްގައި ހިމެނޭ ކަންކަމަށް އަލިއަޅުވާއްވައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ފައިސާ ޗާޕްކުރުން މިހާރު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެ އީވެސް އަޅުގަނޑުމެން ވީ ވައުދެއް، އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށުމާ އެކު ދައުލަތުން ފައިސާ ޗާޕްކުރުން އެއްކޮށް ވާނީ ހުއްޓާލާފައި." ރައީސް ވިދާޅުވި އެވެ.

މިކަމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ.