Last Updated: July 15, 17:55
Wednesday, July 15, 2026
ޚަބަރު

ރޯދައިގެ ފަހު 10 ގައި ސަރުކާރު ބަންދު ވާނެ

ރޯދަ މަހުގެ ފަހު 10ގައި އަޅުކަމަށް ހާއްސަކުރުމުގެ ގޮތުން އެއީ، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ މި ނިންމުން ނިންމާފައި ވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

"އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި މިވަނީ ކަނޑައަޅުއްވާފައި،" ޝަހީބް ވިދާޅުވި އެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގަ އެވެ.