Last Updated: June 28, 13:41
Sunday, June 28, 2026
ސިޔާސީ

"މުސާރަ ކެނޑިޔަސް ކުރަން ޖެހޭ ކަމެއް ކުރާނަން"

މުސާރަ ކަނޑާލިޔަސް މަޖިލީހުގެ ތަޅުމުގައި ކުރަން ޖެހޭ ކަމެއް ކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައި ވަނީ ބޭއިންސާފު ހުކުމެއް ކަމާއި އެ މަނިކުފާނަށް އިންސާފު ލިބެންދެން ދަރިން ސްކޫލަށް ނުފޮނުވުމަށާއި ވަޒީފާތަކަށް ވެސް ނުނިކުތުމަށް ދާދި ފަހުން ގޮވާލެއްވި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރޮޒޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެލަވަންސް ކީއް ކުރަން، މުޅި މުސާރަ ކަނޑާލިޔަސް ކުރަން ޖެހޭ ކަމެއް ކުރާނަން" ކަމަށެވެ.

HKLJL

ރޮޒޭ މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރާ މެންބަރުންގެ ތެރެއިން ރިޔާސަތަށް ހުރަސް އަޅައި އިދާރީ މޭޒު ކައިރީ އިހްތިޖާޖު ކުރާ މެންބަރުންގެ ކޮމިޓީ އެލަވަންސް ކެނޑޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މި އިސްލާހު ފާސްވެފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިސްލާހު ފާސް ކުރަން ޕީޕީއެމް، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓު ދެއްވި އިރު، އެމްޑީޕީ މެންބަރުން ވަނީ ކޮމިޓީ ބައްދަލުވުން ބޮއިކޮޓް ކުރައްވައިފަ އެވެ.

BJHJK (1)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 65،000ރ. ލިބޭ އިރު، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ލިބެ އެވެ.

އަދި މަޖިލީހުގެ ކޮންމެ މެންބަރަކަށް މުސާރަ އާއި އެލަވަންސާ އެކު މަހަކު 85،000ރ. ލިބޭ އިރު، ބައެއް މެމްބަރުން އެ އެލަވަންސް ނުނަންގަވަ އެވެ.